ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މާދަމާ އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މުއިއްޒު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް ރަށްރަށަށް ދަތުރު ކުރައްވަމުން ގެންދަވާއިރު ރޭ ވަނީ ލ. ގަމުގައި ޖަލްސާއެއްވެސް ބާއްވާފައެވެ.

އަދި މިއަދު ވަނީ ގއ. ވިލިނގިއްޔަށާއި، ގދ.ތިނަދޫގެ އިތުރުން ފުވައްމުލަކު ސިޓީއަށް ވަޑައިގެންފައެވެ. މިރޭ ފުވައްމުލަކުގައި ފޯރި ގަދަ ޖަލްސާއެއް ވެސް ބާއްވާފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލައްކައަކަށްވުރެ ގިނަ ވޯޓު މުއިއްޒު ހޯއްދެވިއެވެ. އެމަނިކުފާނުގެ ކެމްޕެއިން ބާރު ދުވެލީގައި ކުރިއަށްދާއިރު، ރަށްރަށުން  އަންނަނީ ހޫނު ތަރުހީބެއް ލިބެމުންނެވެ.