އެމްޑީއޭ އިން އެމްޑީޕީގެ ކޯލިޝަނުން ވަކިވި ނަމަވެސް އެއީ ކަންބޮޑުވާންވީ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއާ އެއް ކޯލިޝަންގައި އޮތުމަށްފަހު އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރަށް ކޯލިޝަން ރޫޅާލައި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭ އިން ނިންމުމާއި ގުޅިގެންނެވެ.
އައްޑޫގެ ކެމްޕޭނު ޓީމުތަކާއި މިއަދު ބައްދަލު ކުރައްވަމުން ރައީސް ވިދާޅުވީ އެމްޑީއޭއިން ކޯލިޝަނުން ވަކިވި ނަމަވެސް މާޔޫސް ނުވުމަށާއި އެއީ ކަންބޮޑުވާންވީ ކަމެއްވެސް ނޫން ކަމަށެވެ.
ރައީސް އެމްޑީއޭއަށް ނިސްބަތް ކުރައްވާ ވިދާޅުވީ، ”އަންނަ އެއްޗެހީގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދާ އެއްޗެހިވެސް ހުންނާނެ“ ކަމަށެވެ.
އަންނަ ރިޔާސީ އިންތިހާބަށް، އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އެކަންޏެވެ.

އަދުރޭގެ ހިސާބުވަރަށްގާތްކުރާނެކަމަށް ބެލެވޭ ސަބަބަކީ އިންޑިއާއިން ދާޚިލީކަންކަމަށް އަތްބާނަން ކުރާމަސައްކަތުގެސަބަބުންލިބޭ ނުރުހުން އަހަރެމެންނަށް ފެނުނީ ސިއްކިމްއަށް ހަދާލިގޮތް އެކަންތައް ގެންދިއަގޮތަށް ޕޮއިންޓުން ޕޮއިންޓަށް މިކަންގެންދަން ގަދައަޅާ މަސައްކަތްކުރާތަން ފެނިގެން މިދަނީ އިންޑިއާބޭނުންވާނީ އިގްތިޞާދު ފުނޑާލާ ދަރަނިވެރިކޮށް މަޖިލިސްމެމްބަރުންގެ ބާރާއިއެކު ގާނޫނުއަސާސީން ކަންކަން ހާޞިލްކުރަން އެހެންވީމާ އެފުރުޞަތުދެވޭކަށްނެއް އަހަރެންނަކީ ފެށުނީންސުރެ އެމްޑީޕީގެ މެމްބަރެއް އެކަމަކު ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަހަރެންނާއި އަހަރެންގެ އާއިލާގެވޯޓް ޑރ މުއީޒަށް …