މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލާފައިވާ ހުސައިން ޝިފާއު ރާއްޖެ އައުމުން، އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ވަގު ޓީޓީ ހަދައިގެން ރާއްޖޭން ބޭރުން މުދާ އެތެރެކުރުމުގެ މުއާމަލާތް ހިންގި މައްސަލާގައި ހައްޔަރުކުރި ހުސައިން ޝާފިއު ދޫކޮށްލާފައިވަނީ މޭ 27 ވަނަ ދުވަހުއެވެ.
އޭގެފަހުން ޝިފާއު ފިލުމުން އޭނާ ހޯދުމަށް އޮތީ އިންޓަޕޯލް ރެޑް ނޯޓިސްވެސް ނެރެފައެވެ.
ރެޑް ނޯޓިސް ނެރުމުން އޭނާ ރާއްޖެ އައުމުން ހައްޔަރުކޮށްފައިވާއިރު ފަހުން ޝަރުތުތަކަކާ އެކު ވަނީ ދޫކޮށްލައިފައެވެ. އެގޮތުން އޭނާގެ ޕާސްޕޯޓް މިހާރު އޮތީ ހިފަހައްޓާފައެވެ.
މި މައްސަލައިގައި ޝިފާއުގެ މައްޗަށް ވަނީ އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އަދި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު ފަންސާސް ތިން ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާއެއް އުފުލާފައެވެ.
މި މައްސަލައިގައި ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް އުފުލާފައިވާއިރު ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލުހުކުމެއް އަންނާނެއެވެ.
