މި އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށްފަހު ފާހަގަ ޖަހާނީ ވައަތުގެ ކަށި އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަން(‏އީސީ) އިން ނިންމައިފިއެވެ.

ދެވަނަ ބުރުގައި މެދު އިނގިލީގައި ފާހަގަ ޖަހާ ގޮތަށް ކުރިން އޮތީ ނިންމައިފައެވެ. ނަމަވެސް ފާޑު ކިޔުން އަމާޒުވުމުން އީސީން އެކަން ބަދަލު ކުރީއެވެ.

އީސީން ރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރިޔާސީ އިންތިހާބުގެ ދެވަނަބުރުގައި، ވޯޓުލާ މީހުންގެ ވައަތުގެ ކަށި އިނގިލީގައި ފާހަގަ ޖަހާގޮތަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ވޯޓުލާ މީހާގެ ނިޔަފައްޗާއެކު އިނގިލީގައި ޖަހާ ފާހަގައަކީ އެ މީހަކީ ވޯޓުލާފައިވާ މީހެއްކަން ކަށަވަރު ކުރުމަށް ޖަހާ ފާހަގައެވެ.