ދަރިންނަށް ޕްރޮމޯޝަނާއި ކާނެ އެއްޗެއް ވެސް ލިބޭނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދީގެންކަން ކުރިން ވޯޓުލާން ނުދިޔަ މީހުންނަށް އިނގޭ ކަމަށް އަދާލަތު ޕާޓީގެ ރައީީސް އިމްރާން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ”ފަށާއިރު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، ބައެއް ރައްޔިތުން ވޯޓުލާން ނުނުކުތީ، އެ މީހުން ވޯޓުލާން ނުދިޔަސް، ރައީސްއަށް ކާމިޔާބުވާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
އަދި ދަރިންނަށް ޕްރޮމޯޝަން ލިބުން ފަދަ ކަންކަން ނުވެގެން ވެސް، ބައެއް މީހުން ތިބީ ”ކުޑަކޮށް ފޫހިވެފައި“ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް ހަގީގަތުގައި ވެސް މާބޮޑަށް އޯވަރކޮންފިޑެންސް ވެވުނީ އިނގޭތޯ؟ އެއްބުރުން އެއްބުރުން، ކީކީނުން ގޮސް، ދެން އަޅުގަނޑުމެން ނުދިޔަސް، ހޮވޭނެތާއޭ. އެހެންވެ ވޯޓުލާން ނުދިޔައީ، ތިމަންނަ ނުދިޔަސް މިކަން މިއޮތީ ނިމިފައޭ“ އިމްރާން ވިދާޅުވިއެވެ.
އިމްރާާން އިތުރަށް ވިދާޅުވީ، މާދަމާ ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގައި، ކުރިއަށްވުރެ ވޯޓުތައް އިތުރުވެ، ކާމިޔާބުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ޖާހިލުންގެ ސަރުކާރުކާ މިތިބީ ބޮޑައިކަމާ ކިބުރުވެރިކަމުން ފެންވަރައުގެންތިބި ބައެއްކަން އިމުރާނުގެ ވާހަކައިން މި އެނގުނީ،