ޕީޕީއެމް/ޕީއެންސީގެ ދެވަނަ ބުރުގެ ރިޔާސީ ކެމްޕެއިން ނިންމައިލުމުގެ ގޮތުން ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ އެ ކޯލިޝަނުން އިންތިޒާމުކުރާ މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:45 ގައި ޕީޕީއެމް އޮޕީސް ކުރިމަތިން ކަމަށެވެެ.
މި ހިނގާލުމުގައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ހިނގާލުމަކީ އާންމުކޮށް ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ދީފައިވާ ހިނގާލުމަކަށްވާތީ ހިނގާލުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ.
ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެވޭނީ މިއަދު ހަވީރު ހައެއް ޖެހުމާއި ހަމައަށެވެ.
