ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ގޭގައި އުޅުނު މެއިޑްއާއި ގުޅުވައިގެން ދައްކާ ހުތުރު ވާހަކަތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވަނީ ރައްދު ދެއްވައިފައެވެ.
ދ.މީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ސާޖިދާ، މުޢިއްޒު ސިފަ ކުރެއްވީ ވަރަށް ޚުލްޤު ހެޔޮ ބޭފުޅެއްގެ ގޮތުގައެވެ. އެމަނިކުފާނަކީ އަންހެނަކަށް އިސް އުފުލައި ބައްލަވައިލައްވާނެ ބޭފުޅެއް ނޫން ކަމަށް ވެސް ސާޖިދާ ވިދާޅުވިއެވެ.
”މުޢިއްޒަކީ އަންހެނަކަށް، އިސް އުފުލާ ބަލާލާ މީހެއް ވެސް ނޫން، ޙަޤީޤަތުގައި، އެވަރު މީހެއްގެ ވާހަކަ މި ބޭފުޅުން މި ދައްކަނީ، މަރާލި ވާހަކައާއި، އޭނާއަށް ޒިނޭގެ ތުހުމަތު އެޅުވުމާ، މިކަންކަން.“ ސާޖިދާ ވިދާޅުވިއެވެ.
ސާޖިދާ ވިދާޅުވީ، މެއިޑް ދަންޖެހިގެން މަރުވި ގޮތް، ފުލުހުންގެ ތަހުގީގުން އެނގެން އޮންނާނެ ކަމަށާއި، އެ މެއިޑްގެ ފިރިމީހާވެސް އުޅުނީ، އެ ގޭގައި ކަމަށެވެ. މީހެއްގެ އަބުރު ކަތިލަން ވެސް، ހައްދެއް އޮންނަންވާނެ ކަމަށާއި، މިފަދަ ވާހަކައެއް ފަތުރާތީ ”ހިތްދަތިވާ“ ކަމަށް ވެސް ވިދާޅުވިއެވެ.
ަ
