އެމަނިކުފާނު ގާއިމު ކުރައްވާނީ، އަނިޔާވެރިކަން، ތާ އަބަދަށް ނިމުމަކަށް ގެންނަ ސަރުކާރެއް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ނިންމަވައިލެއްވުމަށް، މިއަދު ބޭއްވި ހިނގާލުމުގައި، އެންމެ ފަހު ވާހަކަފުޅުގެ ގޮތުގައި މުޢިއްޒު ދެއްވި ޔަޤީން ކަމަކީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީވާނެ ކަމުގެ ޔަޤީންކަމެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ކެބިނެޓް ވެގެންދާނީ ވަރަށް ޤާބިލު، އަދި ދިވެހީން ފަޚުރުވެރިވާނެ ފަދަ ކެބިނެޓަކަށް ކަމަށެވެ.

އަދި ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ، ދެ ފުށް ފެންނަ ސަރުކާރަކަށް ކަމަށެވެ.