މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިގެން ކުރިއަށް އެބަދެއެވެ.
ހެނދުނު 8:00ގައި ވޯޓުލުން ވަނީ ފަށައިފައެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް، ހުސެއިން މުހައްމަދު ލަތީފު(ސެމްބެ) ވަނީ ހެނދުނު ވޯޓު ލައްވައިފައެވެ.
މި އިންތިހާބުގެ ވޯޓުލުން ހަވީރު 5:00އާއި ހަމައަށް ކުރިއަށް ދާނެއެވެ. 5:00ގައި ކިޔުގައި މީހަކު ނެތްނަމަ، ކޔު ބަންދު ކޮށް، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެއެވެ.
މިއަދު ކުރިއަށް ދަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެވެ. މި ބުރުގައި ވާދަ ކުރައްވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުއާއި، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.
