ިރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާއިރު، ގދ.ވާދޫގެ ވޯޓު ފޮއްޓެއް ފަޅާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ، ވާދޫގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލާން ވަތް މީހަކު، ފޮއްޓަށް ގެއްލުންދީ ފަޅާލާފައިވާ ކަމަށެވެ.
ވޯޓު ފޮށި ފަޅާލީ ނަމަވެސް ވޯޓު ކަރުދާސްތަކަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އީސީން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ވާދޫގައި ވޯޓު ލާން ދިޔަ މީހަކު ވޯތު ފޮށި ފަަޅާލާފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމާށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ވޯޓުފޮށި ފަޅާލި މީހާ ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
