ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮވި ވަޑައިގެންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ވަރަށް ބޮޑަށް މަރުހަބާއެވެ.
މުޅި ރާއްޖޭގައި ބަހައްޓައިފައިވާ 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނި 487 ގޮށިން އެމަނިކުފާނު ވަނީ 100،139 ވޯޓު ހޯއްދަވައިފިއެވެ. އެމަނިކުފާނު ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 85،356 ވޯޓެވެ. އެއީ، 15،000 ވޯޓުގެ ތަފާތެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 282،804 މީހުންގެ ތެރެއިން ވޯޓު ލައިފައިވާ ކަމަށް ބެލެވެނީ 85 ވަރަކަށް ޕަސެންޓް މީހުންނެވެ.
މުއިއްޒުގެ މިކާމިޔާބީ ފާހަގަ ކުރަން ގިނަ އަދަދެެއްގެ ރައްޔިތުން ގެންދަނީ މަގުތަކަށް ނިކުމެ އުފާ ފާޅު ކުރަމުންނެވެ.
