އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ގުޅައި، މަރުހަބާ ދަންނަވާފައިވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒުއަށް 126,395 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 108,478 ވޯޓެވެ.
ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިން ގޮތް ނިންމައިފި ކަމަށާއި، އިންތިހާބީ ރައީސް މުއިއްޒަށް ގުޅާ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާ ކަމަށެވެ.
”މި ހަލަބޮލި ދުވަސްވަރު ވެރިކަންކުރުމަކީ ފަސޭހަކަމެއްކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަށް ނަސޭހަތްތެރިވިން.“ އޭނާ ވިދާޅުވިއެވެ.
އިމްރާންގެ މި ޕޯސްޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ގިނަ މީހުން ބުނީ އިމްރާން ރަނގަޅު ވާނީ ސިޔާސީ މައިދާނުން ދުރަށް ވަޑައިގަތުން ކަމަށާއި، އިމްރާން މުއިއްޒުއަށް ދެއްވަން ޖެހޭ ނަސޭހަތެއް ނޯންނާނެ ކަމަށެވެ.

ޢިމްރާން ހާދަ ލަދު ކުޑައޭދޯ!
ތަރުބިއްޔަތެއް އަޚުލާގީ މިންގަޑެއް ގޮތެއްފޮތެއް ނެތް، ދޮގު ޑޮކިއުމެންޓް ވިއްކައިގެން މަގާމާ، ފައިސާއާ ޖާަހަށް މަސައްކައްކުރާ ޖާހިލަކު އިސްލާމީރަގަޅު ތަރުބިއްޔަތާ ރިވެތިއަޚުލާގީ މިންގަޑެއްގެ މަތީހުންނެވި ހަރުދަނާ ގައުމީވަންތަ ދަރިއަކަށް ނަސޭޙަތް ދިނީމޭ ކިޔައިގެން ދެންކޮން ބާއިސާއެއް ކަޑާކަށް، ލަދުކޮބާ. ކަލޭ ޑރ.މުޢިއްޒަށް ކުރި ފުރައްސާރައާ ގޮވި އެއްޗިއްސާ އެޅުވިދޮގު އިލްޒާމް.
އިއްޔެގެ ވަގުތެއްގައި ނާކާމިޔާބީއަށް އެދި ދުޢާކޮށްފައި މިއަދު ނަޞޭޙަތް ދިނުން. ވ ޖޯކު. އެހެން ނޫނަސް އަމިއްލަ އެދުމުން ފޯވެގެން ހުރެ ކުރެވޭނެ ރަނގަޅު ކަމެއް ނޯންނާނެ. މަނިކުފާނު ދައްކަވާ ވާހަކަ ޤައުމަށް ހެޔޮއެދޭ އެކަކު ވެސް ބަލައި ނުގަނޭ.