ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށް ވިދާޅުވެ އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.

ރަސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ކުރެއްވީ ފުރިހަމަ ކެމްޕޭނެއް ކަމަށާއި ދެއްކެވީ ރިވެތި މިސާލެއް ކަމަށެވެ.

“ރައީސް ސޯލިހު ކުރެއްވި ފުރިހަމަ ކެމްޕޭނާއި ދެއްކެވި ހިތްވަރާއި ރިވެތި މިސާލަށް މަނިކުފާނަށާއި އެމްޑީޕީއަށް ނުހަނު މަރުހަބާ ދަންނަވަން“

ރޭގެ ވަގުތެއްގައި ނަޝީދު ކުރެއްވި ޕޯސްޓެެއްގައި ވަނީ އެއްވެސް ފަރާތަކުން އެމްޑީޕީގެ މެމްބަރުންނާއި ސަޕޯޓަރުންނަށް ބަދުބަސް ބުނެ ފުރައްސާރަ ނުކުރުމަށް ވަރަށް އެދިވަޑައިގަންނަވާ ކަމަށެވެ.