އިއްޔެގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި އުފާ ފާޅު ކުރަން ނިންމައިފިއެވެ.

”ދިވެހީންގެ ރާއްޖެ“ ޓީމުން މިއަދު ބުނީ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނާ ބަދަލުކުރެއްވުން މިރޭ 08:30 ގައި އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ.

”ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން“ ދިވެހީންގެ ރާއްޖެ ޓީމުން ބުނެފައިވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު ދެވަނަ ބުރުގައި ޑރ. މުއިއްޒަށް 129،159 ވޯޓު ލިބިލެއްވިއެވެ. އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބިލެއްވީ 109،868 ވޯޓެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 19,291 ވޯޓުގެ ތަފާތަކުންނެވެ.