އިންތިހާބީ ރައީސް، ޑރ.މުހައްމަދު މުއިއްޒުގެ ފުރަތަމަ ވައުފު ފުއްދަވައިފައިވާ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުން ކާމިޔާބު ވެވަޑައިގެންފިނަމަ، ރައީސް ޔާމީން ގެއަށް ބަދަލު ކުރަން، ސަރުކާރަށް ގޮވައިލެއްވުމަކީ މުއިއްޒުގެ މުހިންމު ވައުދެކެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވިވަޑައިގަތުމަށްފަހު، ރޭ އެންމެ ފުރަތަމަ ވެސް ސަރުކާރަށް ގޮވައިލީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމަށެވެ. މިއަދު މެންދުރުގެ ވަގުތެއްގައި ރައީސް ޔާމީން ގެއަށް ބަދަލު ކުރުމުން، މުއިއްޒު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު ވެސް އަދާ ކުރެއްވިއެވެ.
މުއިއްޒުގެ ވައުދު ފުއްދެވިކަން ފާހަގަކުރައްވައި، ޣައްސާން ވިދާޅުވީ، ދެން އޮތީ ރައީސް ޔާމީން މިނިވަން ކުރުން ކަމަށެވެ.
Alhamdhulillah! Dr @MMuizzu ge furathama vaudhu fudhdhavaifi! Geyah genevijje. Dhen othee minivan kurun. PPM ge biya lashkaru hamajehilaanee kaamiyaab koffa In Sha Allah. pic.twitter.com/vLFj1GrUxw
— Mohamed Ghassan Maumoon (@mgmaumoon) October 1, 2023
ވ.އާރަށް މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީީސް ޔާމީން، ގާނޫނީ ހަމަތަކުގެ ތެރެއިން މިނިވަން ކުރުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ.

ޢިބުރާހިމް މުހައްމަދު ސޯލިހު ރައީސް ޔާމީނު ޖަލުން ސަލާމައްކޮއްފި