މޫސުން ގޯސް ވާނެތީ ކ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައި ވަނީ، ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރުނީ މިރޭ 00:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބަށް މިރޭ ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރައި ގުގުރުން އެކަށީގެންވާ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
