ރަނގަޅު ޚިދުމަތްތަކެއް ރައްޔިތުންނަށް ކޮށްދެވުނު ކަމުގެ އިޙްސާސް ކުރެއްވޭކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ވެރިކަމުގެ ތެރޭގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާ އެކު ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކައިގައި ކޮވިޑާއި، އެނޫންވެސް ގޮންޖެހުންތައް ފާހަގަ ކުރަމުން ރައީސް ވިދާޅުވީ ތަފާތު ހިޔާލުތަކާ އެކު ކޯލިޝަނެއްގެ ތެރެއިން އެންމެން ގޮވައިގެން ޤައުމަށް ގެނެވުނު ހެޔޮ ބަދަލުތަކާ މެދު އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

”ފަސް އަހަރު ދަތިތަކާއި އުނދަގޫތަކާ އެކު ރައޔްިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވިއްޖެ ކަމުގެ އިހުސާސް ކުރެވިއްޖެ،“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު އެމަނިކުފާނު މަސައްކަތް ކުރެއްވީ ވައުދުތައް ފުއްދަން ކަމަށެވެ.