އިންތިޚާބީ ނާއިބްރައީސް އަދި މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަތީފް ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންސީއާއި ގުޅިވަޑައިގެންވިކަން ރައްޔިތުންގެ މަޖިލީހަށް އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އިންތިޚާބީ ނާއިބްރައީސް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުގެ ރަނިންމޭޓުގެ ގޮތުގައި ވާދަކުރެއްވީ ޕާޓީ ބަދަލުކުރެއްވުމަށްފަހު ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގައި ޕާޓީތަކަށް މެންބަރުން ނިސްބަތްވާ ގޮތަށް ބަލާއިރު، އެމްޑީޕީގައި 56 މެންބަރުން، ދަ ޑިމޮކްރެޓްސް ގައި 13 މެމްބަރުން، ޕީޕީއެމްގައި 4 މެންބަރުން، ޕީއެންސީގައި 4 މެންބަރުން، އެމްއެންޕީގައި 3 މެންބަރުން، ޖުމްހޫރީ ޕާޓީގައި 2 މެންބަރުން، އެމްޑީއޭގައި 2 މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 3 މެންބަރުން އެބަތިއްބެވިއެވެ.