ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ދާއިމީ ނަތީޖާ އިލެކްޝަންސް ކޮމިޝަން(އީސީ)އިން މިރޭ އިޢުލާނުކޮށްފިއެވެ.

އީސީން އިޢުލާނު ކުރި ދާއިމީ ނަތީޖާ، ވަގުތީ ނަތީޖާ އާ ތަފާތެއް ނެތެވެ. އެގޮތުން ރަސްމީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ.މުޙައްމަދު މުޢިއްޒުއަށް ލިބިވަޑައިގެންފައިވަނީ 129،159 ވޯޓެވެ. އެއީ ވޯޓުގެ 54.04 ޕަސެންޓެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އެއީ އެއީ ވޯޓުގެ 45.96 ޕަސެންޓެވެ.

މި އިންތިޚާބުގެ ދެވަނަ ބުރުގައި، ވޯޓުލުމުގެ ހައްގު 282،804 މީހުންނަށް ލިބިފައިވެއެވެ. ނަމަވެސް ވޯޓުލާފައިވަނީ 246،915 މީހުންނެވެ.