އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝާއި ޕާކިސްތާނު އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ބައްދަލުކުރައްވައިފިއެވެ.
ވަކިވަކިން އޮތް މި ބައްދަލުވުން ކުރެއްވުންތައް ބޭއްވީ އިންތިހާބީ ރައީސްގެ އޮފީހުގައެވެ.
ބަންގްލަދޭޝްގެ ސަފީރު އެސް.އެމް އަބްދުލް ކަލާމް އާޒާދުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ދޭތެރޭ އެކި ދާއިރާތަކުން އޮތް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
ޖަޕާނު ސަފީރާ ޓެކެޗޫ މިޑޯރީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް މުހިންމު މަޝްވަރާތަކެއް ބޭއްވިއެވެ. އެގޮތުން މިހާރު އޮތް ގުޅުން އިތުރު ދާއިރާތަކުންވެސް ބަދަހިކުރުމަށް މަޝްވަރާކުރެއްވިއެވެ.
ޕާކިސްތާނުގެ ސަފީރު މުޙައްމަދު ފަޔާޒު ގިލާނީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މަސްލަހަތު އޮތް ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ބޭއްވިއެވެ.
ސަފީރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި އިންތިހާބީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަތީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
