ހުޅުމާލޭގައި އޮޅުކޮށްގެން ގެންގުޅެމުން ދަނިކޮށް، ރޭގެ ވަގުތެއްގައި އަނިޔާކޮށް، ފައި ބިންދާލި ގިނިކާމާ ދޫނި (އޮސްޓްރިޗް) މަރުވެއްޖެއެވެ.
ހުޅުމާލޭގައި ގެންގުޅެމުން އައި ބޮޑު އޮސްޓްރިޗްގެ އެއްފައި ބަޔަކު ބިންދާލުމާއި ގުޅިގެން، އޮސްޓްރިޗްއަށް ފަރުވާ ދޭނެ ބަޔަކު ހޯދުމަށް އެދޭ ކަމުގައި އޭގެ ވެރިފަރާތުން ބުނެފައި ވެއެވެ.
އޮސްޓްރިޗްގެ ވެރިފަރާތުން އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވަރަށް ލޯބިން ގެންގުޅެމުންއައި އޮސްޓްރިޗަށް ރޭގެ ވަގުތެއްގައި ބަޔަކު ކޮށީތެރެއަށްވަދެ ހަމަލާދީ އޭގެ ފައި ބިންދާލާފައި ވާކަމުގައެވެ. އަދި އެފަރާތުން ބުނެފައިވަނީ މި އަމަލަކީ ވަރަށް ފިނޑި އަމަލެއް ކަމުގައެވެ.
ދޫނީގެ ވެރިފަރާތުން ބުނެފައިވަނީ އެ ދޫނި މަރުވެފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި ކަމުގައެވެ.
”އޮޒީ“ގެ ނަމުން ނަން ދީފަައިވާ އެ ދޫންޏަކީ ވަރަށް ކުޑައިރުއްސުރެ ގެންގުޅެމުން އައިސްފައިވާ ދޫންޏެކެވެ.
