ހިޔާ ފްލެޓްތަކުގެ ހަ ވަނަ ޓަވަރުން ކުއްޖަކު ވެއްޓިއްޖެއެވެ.
އެ ކުއްޖާ ވެއްޓިފައި ވަނީ ހަ ވަނަ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން ކަމަށާއި، މި ހާދިސާގެ މަޢުލޫމާތު ލިބުނީ މިރޭ 11:58 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މަޢުލޫމާތު ލބިފައިވާ ގޮތުގައި، 15 އަހަރުގެ އެ ކުއްޖާ ވަނީ ނިޔާވެފައެވެ.
ފުލުހުން ކުރިން ބުނީ، އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ލިބުނު އަނިޔާގެ މަޢުލޫމާތު ފުލުހުން ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން އަންނަނީ މިކަން ބަލަމުންނެވެ.
