ފައިސާ ހޯދުމަށްޓަކައި ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާކަން ފާހަގަކުރެވި، މިކަމަށް ސަމާލުވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ބުނީ މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން ޕޯސްޓް އޮފީހުގެ ނަމުގައި މެސެޖުތަކެއް ފޮނުވަމުން އަންނަކަމަށާއި، މިއީ ސައްހަ މެސެޖުތަކެއް ނޫންކަމަށެވެ.
މިފަދަ މެސެޖު ލިބުނަސް، މެސެޖުގައި ވާ ލިންކަށް ނުފިއްތުމަށް ވެސް ފުލުހުން އިލްތިމާސްކުރެއެވެ.
މަކަރާއި ހީލަތުން ފައިސާ ފޭރުމުގެ މައްސަލަތައް އިތުރުވުން އަންނައިރު، އެކި ފަރާތްތަކުގެ ނަމުގައި ސްކޭމް މެސެޖުތައް ފޮނުވުމަކީ އާއްމު ކަމެކެވެ.
