އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި، ސިޔާސީ މަޤާމުތަކުގެ އަދަދު 700 އަށްވުރެ ގިނަ ނުކުރުމަށް ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވަމުން، އިންތިޚާބީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިޤާލީ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ މުޢިއްޒު ނިންމަވާފައިވަނީ އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުވާނެ ގޮތަކަށް ބައްޓަން ކުރެއްވުމަށް ކަމަށެވެ.
“މިއަދު އެމަނިކުފާނު ނިންމަވާފައިވަނީ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅާއި މި ހުރިހާ ތަނެއްގައި މަސައްކަތް ކުރައްވާނެ އިދާރީ މުވައްޒަފުން ހިމެނޭހެން ސިޔާސީ މަގާމުތައް 700 އަށްވުރެ ގިނަ ނުކުރުމަށޭ.“
ފިރުޒުލް ވިދާޅުވީ، މި އަދަދަކީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު، 1063 އަށްވުރެ މާ ބޮޑަށް ވެސް މަދު އަދަދެއް ކަމަށެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަކީ 1063 ކަމަށް ފިރުޒުލް ވިދާޅުވީ މިއަހަރުގެ ދައުލަތުގެ ބަޖެޓާ ހަވާލާ ދެއްވައެވެ.
މީގެއިތުރުން ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދުކަމަށް މި ސަރުކާރުން ހާމަކޮށްފައިވާ 808 އަށްވުރެވެސް، މުޢިއްޒުގެ ސަރުކާރުގައި މަޤާމުތަކުގެ އަދަދު މަދުކަން ވެސް ފިރުޒުލް ފާހަގަކުރެއްވިއެވެ.
މަތިބަރު ނޫން، އެފީޝަންޓް ސަރުކާރެއް އެކުލަވައިލެއްވުމަށް، ިމި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި މުޢިއްޒު ވަޢުދުވެވަޑައިގެންފައިވެއެވެ.

މަދެއްނޫނެއްނޫންތަޟިހާރުއެބުނީ700ކަމައް