މެލޭޝިއާގެ އިމާރާތަކުން ވެއްޓި، ދިވެއްސަކު މަރުވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އެ ޤައުމުގެ ވެރިރަށް ކުއާލަލަމްޕޫރްގައި ހުރި އިމާރާތަކުން ވެއްޓި މަރުވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ 14 ވަނަ ފަންގިފިލާއިންނެވެ.
އެ ޒުވާނާ އަކީ މެލޭޝިއާގައި ކިޔަވަމުން އައި ދަރިވަރެކެވެ. މި ހާދިސާ ހިނގި ގޮތުގެ ތަފްސީލެއް އަދި ނުލިބެއެވެ.
