މާލެ ސިޓީ ކައުންސިލުގެ މޭޔަރު އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.
އިންތިޚާބީ ރައީސް ޑރ. މުއިއްޒު މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުންނައި ބައްދަލު ކުރައްވާނީ މިރޭ 20:30ގައި ދަރުބާރުގޭގައެވެ.
މާލެ ސިޓީ ކައުންސިލަށް ޑރ. މުއިއްޒު އިންތިޚާބުވިފަހުން ކައުންސިލްގެ މުވައްޒިފުންގެ ކުރި އެރުމަށް ވަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވައިފައެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާއި ހަވާލުކުރައްވައިފައިވާއިރު، އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނީ، އަންނަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގެ ކުރިން މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ބޭފުޅަކު ހޮވުމަށް އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށެވެ.
