ބ.ފުޅަދޫ ކައުންސިލުގެ ރައީސް ޢަލީ އަޒުހަރު މިއަދު ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ޕީއެންސީ އަކީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއެވެ. އެމްޑީޕީ ދޫކުރައްވައި، އަޒުހަރު ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގެންނެވީ ޕީއެންސީގެ ރައީސްގެ މަޤާމުގައި ހުންނަވާ މުޢިއްޒެވެ.

އެމްޑީޕީން ވަކިވެވަޑައުގަތުމާއި ގުޅޭގޮތުން އޭނާ ބައެއް މީޑިއާތަކަށް ވިދާޅުވީ ޕީއެންސީއާ ގުޅިވަޑައިގަތީ އައު ސަރުކާރުގެ ސިޔާސަތުތައް ޤަބޫލު ކުރެވޭތީ ކަމަށެވެ.

އަދި އައުސަރުކާރާއެކު ފުޅަދޫގެ ކުރިއެރުމަށާއި ރާއްޖޭގެ ތަރައްގީއަށް މާ ބޮޑަށް ވެސް ކުރިއެރުން ލިބިގެންދާނެ ކަމަށް  ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.