އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަން ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ.ޝަހީމް ވިދާޅުވީ މުޢިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ފަދައިން އެމަނިކުފާނުގެ ވެރިކަން ދަމަހައްޓަން ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

“ދުޢާއަކީ އެމަނިކުފާނުގެ ވެރިކަމަކީ ހެޔޮ އަދުލުވެރި ގާނޫނުގެ ވެރިކަމެއް ކަމުގައި ލެއްވުން.“ ޑރ.ޝަހީމްގެ ޕޯސްޓުގައިވެއެވެ.

ޑރ.ޝަހީމަކީ 2018 ވަނަ އަހަރު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއިރު އެމަނިކުފާނުގެ ރަނިންމޭޓެވެ.