އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ވިސްނަވާ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އޭނާ މިކަން ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި، ވިދާޅުވީ ވިސްނުން ހުންނެވީ މާލޭގެ ދާއިރާއަކަށް ވާދަކުރައްވަން ކަމަށެވެ. ނަމަވެސް އެއީ ކޮން ދާއިރާއަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

މުއިއްޒު ޕީޖީގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ދައުރުގައެވެ.

އަންނަ އަހަރު ބާއްވާ މަޖިލީހުގެ 20 ވަނަ ދައުރުގެ އިންތިހާބު އޮންނާނީ އަންނަ މާޗުގެ ފަހުކޮޅު ނުވަތަ އޭޕްރީލްގެ ކުރީކޮޅުއެވެ.