ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކާށިދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރައްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިކަން ހާމަކުރައްވާފައި ވަނީ ސަންގު ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.
އެގޮތުން ޖާބިރު ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކާށިދޫ ދާއިރާ އަށް ކުރިމަތިލައި، ކާމިޔާބު ކުރައްވާނެ ކަމަށެވެ.
މި ވަގުތު ހުންނެވީ އެމްޑީޕީގައި ކަމަށާއި އެހެންކަމުން ކާށިދޫ ދާއިރާއަށް ކުރިމަތި ލައްވާނީވެސް އެމްޑީޕީގެ ފަރާތުން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި އެ މަނިކުފާނާއި ވާދަކުރެވޭވަރުގެ ފަރާތެއްހުރި ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިހާރުވެސް އިންތިޚާބުގެ ޕްރައިމަރީއަށް ކެމްޕެއިން ފަށާފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ ފުރިހަމަ ތައްޔާރީ ވަމުން އަންނަ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ޖާބިރު ވިދާޅުވީ ގާފަރު އަދި ކާށިދޫ ދާއިރާގެ ހުރިހާ ބޭފުޅުންވެސް އޭނާއަށް ވޯޓު ދެއްވާނެ ކަމަށެވެ.

ދެން ހަނދާން ނައްތާލާ ދެނެއް ނުވާނެ ލައްކަ ދޮދުތައްހަދާ ވަރައް ގިނަމީހުންނައް އޮޅުވައި ލާފި
ފުރަތަމަ މީހުންނަށް ދޭން ހުރި ލާރި ދީބަލަ
ޜަތަމަ ކުރަން ވީ ކަމަކީ ކާށިދޫމީ ހުނަށް ދޭން ޖެހޭ ފައިސާ ދޭން ވީ
ރައްޔިތުންގެ އަގު ވެއްޔާ މޮޑެލައިފި، އަޚުލާގުގެ ކަންފުޅެއް ނެތް މީހެއް، ދެން ފުރުސަތެއް ނުދެވޭނެ.. ހަނދާންނައްތާލާ..
ތީ މާތްﷲ ނަހީކުރައްވާ ކޮމެކަމަކަށް ގޮންޖައްސަވާ އެނޫންގޮތަކަށް ކަންކުރަން އަޑުއުފުލާ މީހެއް.. އެހެންކަމަކާއުޅުން ރަނގަޅުވާނީ..
ޖާބިރުު މިފަހަރުު ޖެހޭނީިި ޓާޓާާ ކިޔާލާފަަ ގޮނޑިި ދޫކޮށްލަންް އެހެންް ދާއިރާާ އަކަށްް ކުތިމަތިލާާ ނެތްް ތިކަނަްް ވާކަށް