މާލޭގައި ހިންގަމުންދިޔަ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކި ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މާލޭގައި ހިންގަމުންދިޔަ ދިވެހި ބޭސް ކްލިނިކެއްގައި ހަށިވިއްކާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 11 ވަނަ ދުވަހު ހައްޔަރުކުރީ 35 އަހަރުގެ އަންހެނަކާއި 44 އަހަރުގެ އަންހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންނަކީ ވެސް ދިވެހީންނެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 35 އަހަރުގެ އަންހެން މީހާއާއި 41 އަހަރުގެ ފިރިހެން މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ.

އަދި 44 އަހަރުގެ އަންހެން މީހާގެ ބަންދަށް ޖެހީ ފަސް ދުވަހެވެ.

44 އަހަރުގެ އަންހެން މީހާގެ ބަންދަށް ޖެހި ފަސް ދުވަސް ހަމަވުމުން މިއަދު ވަނީ އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައެވެ.