ރާއްޖޭގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ގެކޮޅުގެ ބޭރުގައި ފަލަސްޠީނުގެ ބޮޑު ދިދައެއް ދަމައިފިއެވެ.
މ. ދިމްޔާތުގެ ގޭގެ ބޭރުގެ އަރިމަތީގެ އެއް ފަރާތުގައި ”ފްރީ ފަލަސްތީނު“ ލިޔެފައިވާ ދިދައެއް އެލުވާފައިވެއެވެ.
ޕީއެންސީގެ ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ރާއްޖެ އާއި ރާއްޖޭގެ ރައްޔިތުން އަބަދު ވެސް ތިބޭނީ ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނާ އެކީގައި ކަމަށާއި ދިވެހިންގެ ހެޔޮ ދުޢާ ފަލަސްތީނާ އެކީގައިވާނެ ކަމަށެވެެ.
ރާއްޖޭގެ ޢިލްމުވެރިންނާއި އެކީގައި އިއްޔެ މުޢިއްޒު ބޭއްވި ބައްދަލުވެއްގައި ވެސް މި ވާހަކަ ތަކުރާރު ކުރައްވައި، މުސްލިމުންގެ ދިފާޢުގައި ޙައްޤު ބަސް ބުނުމުގައި ސާބިތުވެ ތިބެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ އެކަކު އަނެކަކު ދެކެ ލޯބިވާ ފަދައިން މުޅި ދުނިޔޭގައި ތިބި މުސްލިމުންނާއި މެދު ވެސް ލޯބިވާ ބައެއް ކަމަށާއި ފަލަސްތީނުގެ މުސްލިމުންނާ މެދު ކަންކަން ވަމުންދާ ގޮތުން އެ ފަރާތްތަކަށް އެހީވުމަށް ގިނަ ކަންތައްތަކެއްކޮށް ހައްގުބަސް ބުނަން ކެރެން ޖެހޭ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.

ބޮޑެތި ގެ ހުންނަ މީހުންނަށް ބޮޑެތި ދިދަ ދެމޭނީ ދޯ؟
ޝުކުރަން
އަދި ޖުމްހޫރީ މައިދާނުގަ ހުރި ގައުމީ ދިދަޔާ ޖެހިގެން އޭގެ އެވަރުގެ ބޮޑު ފަލަސްތީނު ދިދައެއްނަންގަވައި ދެއްވާ