ދަރިމައިވުމުގެ މައްސަލަ ހުންނަ ފަރާތްތަކަށް ދެވޭ ފަރުވާއަށް އާސަންދަ ސްކީމުން ހަރަދުކުރެވޭނެ ގޮތް ހަމަޖައްސަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މިއަދު ފާސްކޮށްފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރުގައި ވަނީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމްގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަރަށް ހަނި ކަމަށް ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.
ގަރާރުގައި ވަނީ ދަރިމަރިވުމުގެ މައްސަލަތަކާ ގުޅޭ ގައުމީ ފެންވަރުގެ ދިރާސާއެއް ހަދައި، ދަރިމައިވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ބޭސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް ދިނުމަށެް ގޮވާލައިފައެވެ.
އިޖުތިމާއީ ކޮމިޓީއިން ގަރާރު ދިރާސާ ކުރިއިރު، ހެލްތް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީ އާއި އާސަންދަ އާއި އެންސްޕާގެ އިތުރުން 311 މެމްބަރުން ހިމެނޭ ފާޓިލިޓީ ސަޕޯޓް ކޮމިއުނިޓީގެ ބޭފުޅުންނާ ބައްދަލުކޮށް ލަފަޔާއި އިރުޝާދު ހޯދިއެވެ.

އެކަނިވެރި މައިންނައް =/ 10000
ދެން ފައްޓަންވީ އެކަނިވެރި ބަފައިންނައް =/10000
ދެންދަރިއަކު ލިބުނީމަ ވަރިވެގެން ތިބޭނީ
ދަރިމާ ވަންޏާ ވެދާނެއްނު ސަރުކާރައްވް ކޮންކަމެއް