ދިވެހިންގެ ފަރާތުން ފަލަސްޠީނުގެ 200 އާއިލާއަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެހީތެރިކަން ފޯރުކޮށްދިން އާއިލާތަކަކީ މާރުކޭޓާއި ފިހާރަތަށް އަދިވެސް ހުޅުވި މަސައްކަތް ކުރާ ސަރަހައްދުތަކުގައި އުޅޭ އާއިލާތައް ކަމަށް އައިއޭސީއިން ބުންޏެވެ.
”200 އާއިލާއަކަށް މިވަނީ 500 އެމެރިކާ ޑޮލަރުގެ މަގުން ނަގުދު ފައިސާ ދެވިފަ. ޝަހީދުވި ބައެއް ބޭފުޅުންގެ އާއިލާތަކާއި އެކީއެކަށް ގެ ހަލާކުވި ފަރާތްތަށް މީގެ ތެރޭގައި ހިމެނޭ. އަޅުގަނޑުމެންގެ ހެޔޮ ދުޢާ އާއި އެހީ ފަލަސްޠީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާ.“
ހާލުގައި ޖެހުނު ފަރާތްތަކުން ބޯހިޔާވަހިކަން ހޯދައިގެން ތިބި ޣައްޒާގެ 6 ސްކޫލެއްގައި ކޮންމެ ދުވަހަކު 1000 ޕާން ޕެކޭޖް އަދި 3000 ކެއްކި ބަތްޕާރުސަލް ބަހަމުންދާ ކަމަށް ވެސް އައިއޭސީއިން ބުންޏެވެ.
ދިވެހިން ފަލަސްޠީނުގެ ރައްޔިތުންނަށް ބަހައްޓަވާ ލޯތްބާއި އަޅާލުމަށް ޝުކުރު އަދާކުރަމުން އައިއޭސީއިން ވަނީ އެހީ ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބޭނެ ކަމަށް ބުނެފައެވެ.
