ފަލަސްޠީނުގެ ރައްޔިތުންގެ ހައްގުގައި ދިވެހީން ރޭ ވެސް ބޮޑު އެއްވުމެއް ބާއްވައި، އަޑު އުފުލައިފިއެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި އެއްވުމުގައި، ގިނަ ބަޔަކު ވަނީ އިސްރާއީލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާކުރުމަށް އެދި އަޑު އުފުލާފައެވެ.

ރޭގެ މުޒާހަރާއަކީ ”ރައިޓް މޫވްމަންޓް“ގެ ފަރާތުން އިންތިޒާކުރި ބޮޑު މުޒާހަރާއެކެވެ.

މި ހިނގާލުން ފަށާފައިވަނީ މާލޭ ސޯޝަލް ސެންޓަރު ކައިރިންނެވެ. މި ބޮޑު އެއްވުމުގައި އެންމެ ކުރީސަފުގައި ތިބީ އަންހެނުންނާއި ކުޑަކުދިންނެވެ.