ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް އާންމު ގޮތެއްގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ(މެޓް) އިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

އެހެން ނަމަވެސް ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

އާންމު ގޮތެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރަނީ، އިރުދެކުނާއި ދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ފާއިތުވި 24 ގަޑިއިރުވެސް ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރިއެވެ.