ބޯކޮށް ވާރޭވެހޭނެ ލަފާކޮށް ހަ އަތޮޅަކަށް މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މި ސަމާލު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ދެމެދުގެ އަތޮޅު ތަކަށެވެ. މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއިއެކު، ގުގުރާނެ ކަމަށް ވެސް މެޓުން ލަފާ ކުރެއެވެ.

މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 06:30 އިން ހެނދުނު 11:30 އާއި ދެމެދުގެ ވަގުތަށެވެ.

މެޓުން މި ސަމާލު ނެރެފައިވާއިރު މިއަދު އުތުރާއި މެދުރާއްޖެއަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.  ނަމަވެސް ދެކުނަށް މޫސުން ރަނގަޅެވެ.