ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ސޮއި ކުރައްވައި މެންބަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެ މައްސަލަ މިމަހު 29 ވާ އާދިއްތަ ދުވަހު އޮންނާނެ ކަމަށެވެ.
އާއްމު ކޮމެޓީން ނިންމާފައިވަނީ ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން 30 މިނެޓު ދިނުމަށެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު ހުށަހެޅި ގަރާރު ބަލައިގަނެ، އެމަނިކުފާނަށާއި މަޖިލިސް މެންބަރުންނަށް ވަނީ ނޯޓިސް ވެސް ފޮނުވަފައިވައެވެ.
އެމްޑީޕީން އެ މައްސަލަ ހުށަހަޅަން ތައްޔާރުވަމުން ދަނިކޮށް ނަޝީދު ވަނީ، އިތުބާރު ނެތް ކަމުގެ މައްސަލަ މި ދައުރުގައި ބަލައިގަންނަން ދަތިވާނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ދައުރެއްގައި ބަލައިގަނެވޭނީ އިތުބާރު ނެތް ކަމުގެ އެންމެ މައްސަލައެއް ކަމަށާއި، އެމްޑީޕީން މިދިޔަ ދައުރުގައި އެފަދަ މައްސަލައެއް ހުށަހަޅައި، މި ދައުރުގައި އެ މައްސަލަ އަނބުރާ ގެންގޮސްފައިވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މިދިޔަ ދައުރުގައި ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުން މަޖިލީހުގެ މަސައްކަތްތައް ހުއްޓި، މަރުތަޅު އެޅުނެވެ. އޭގެ ސަބަބުން، މަޖިލިސް ޗުއްޓީއަށް ދާން ޖެހުނީ ގިނަ މަސައްކަތްތަކެއް ނުނިންމައެވެ.

ދީނުގެ ދުޝްމިން! ގައުމުގެ ދުޝްމިން! އަވަހަށް ބޭރުކުރޭ!