އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނަޢީމް ނިންމަވައިފިއެވެ.

އޭނާ މިކަން ހާމަކުރައްވައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ ވާދަ ކުރައްވަނީ މަޖިލީހަށް އަލަށް އިތުރު ކުރި ހުރާ ދާއިރާއަށް ކަމަށެވެ.

އަނާރާ ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއަށް ތާޢީދު ކުރައްވަން ނިންމަވައި، މުޢިއްޒުގެ ކެމްޕެއިންގައި ކޮންމެވެސް ވަރަކަށް އުޅުއްވައިފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިބީ 87 މެމްބަރުންނެވެ. އެހެންނަމަވެސް މިހާރު އެ އަދަދު މި ވަނީ 93 އަށް އިތުރުވެފައެވެ.