ވިނަރެސް ފްލެޓުތަކަށް ދިގު މުއްދަތައް ފައިސާ ދައްކާ ފަރާތްތަކަށް ކަނޑައެޅިފައިވާ އިންޓްރެސްޓް ރޭޓް %6 އަށް ތިރިކުރަން އާބަންކޯއިން ނިންމައިފިއެވެ.

ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް އޮތް އިންޓްރެސްޓް ރޭޓަކީ މީގެ ކުރިން %9 އެވެ. ނަމަވެސް މިހާރު %6 އެއަދަދު ވަނީ ތިރިކޮށްފައެވެ. އާބަންކޯއިން މިކަމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ބުނީ، މި އަދަދު ތިރި ކުރީ މިގޮތަށް ފައިސާ ދައްކާ ފަރާތްތަކަށް ލުއިގޮތެއް ހޯދައި ދިނުމަށް ކަމަށެވެ.

މީގެ އިތުރުން މި ބަދަލަކީ ހަމައެކަނި ދިގުމުއްދަތަށް ފައިސާ ދައްކާ ފަރާތްތަކަށް ގެނައި ބަދަލެއް ކަމަށް އާބަންކޯއިން ބުނެއެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އަރބަންކޯ އިން އިސްނަގައިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ.