މިގޮތުން އޭނާ ވާދަކުރައްވަން ނިންމަވައިފައިވަނީ މައްޗަންގޮޅި މެދު ދާއިރާއަށެވެ.
އޭނާ މިކަން އިޢުލާނު ކުރައްވައި ވިދާޅުވީ، ދިވެހިންގެ ރާއްޖޭގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާއި ވައުދުތަކަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވާާ އެކަންކަން ކުރުމަށް ދެވެން އޮތް ފުރިހަމަ އެއްބާރުލުން ޑރ.މުޢިއްޒަށް ދިނުމަށް 20 ވަނަ މަޖިލިސްގެ މައްޗަންގޮޅި މެދު ދާއިރާއަށް ޕީއެންސީއިިން ވާދަކުރުމަށް އޭނާ ނިންމަވައިފައިވާ ކަމަށެވެ.
މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރަކަށް ޒަމީރު އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވައިިގެންނެވެ.
ޒަމީރު ޕީޕީއެމްއާ ގުޅިވަޑައިގަތީ މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައެވެ.
