އިޒްރޭލުގެ ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރަން ގޮވައިލައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށަން ނިންމައިފިއެވެ.

ސާފާސް އެސޯސިއޭޝަން އާއި އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގުޅިގެން ހިންގާ މި ހަރަކާތުގެ ދަށުން، މި މަހުގެ 28ގައި ޕެޓިޝަނުގައި ސޮއި ކުރަން ހުޅުވައިލާނެއެވެ.

ސާފާސް އެސޯސިއޭޝަން އިން ބުނީ މި ޕެޓިޝަނުގައި އެއްވެސް ބޭނުމަކަށް އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކޮށްދިނުމަށާއި  މީގެ ކުރިން ރާއްޖޭގައި ރާޅާ އެޅުމުގައި އުޅުނު ފަރާތްތަކަށް އިޒްރޭލުގެ މީހުންގެ ފަރާތުން ލިބުނު އަނިޔާތައް ބަލައި ދިނުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން ސާފިން ކޮމިއުނިޓީއަށް އިސްރާއީލުގެ ފަތުރުވެރިންގެ ފަރާތުން ލިބޭ އަނިޔާތައް ކުށްވެރިކޮށް އެކަންކަން ހުއްޓުވައި ދިނުމަށްވެސް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.