ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ފޮރިން މިނިސްޓްރީއަށް ބަދަލުކޮށްފިއެވެ.
މިނިސްޓަރުގެ ފެންވަރުގެ މަގާމުގައި ފިނޭންސް މިނިސްްޓަރަށް ލަފާދޭން ނަސީރު އައްޔަނުކުރީ މިދިޔަ ޑިސެމްބަރު މަހުގައެވެ.
ނަސީރާއެކު ހަމަ އެފަދަ މަގާމަކަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވެސް އޭރު އައްޔަނުކުރިއެވެ.
މުނައްވަރު މިހާރުވެސް ހުންނެވީ ހަމަ އެ މަގާމުގައެވެ.
