އިންޑިއާގެ ޢާންމު އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ނަރެންދްރަ މޯދީ ނިސްބަތްވާ ބީޖޭޕީން އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުކޮށްފައިވާއިރު، މޯދީ ވަނީ އެ ޤައުމުގެ ބޮޑުވަޒީރުގެ މަޤާމު ވިދިވިދިގެން ތިން ދައުރު އަދާކުރައްވައިފައެވެ.

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ބީޖޭޕީއާއި އާއި އެޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ނެޝަނަލް ޑިމޮކްރަޓިކް އެލަޔަންސް(އެންޑީއޭ) ހޯދި ކާމިޔާބީ ފާހަގަކުރައްވައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ތަރައްޤީއާ ހަމަޖެހުން ހޯދުމަށް ދެ ޤައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.