މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ، މި އެލާޓް ނެރެފައިވަނީ މިރޭ 19:00 އިން ފެށިގެން މެންދަމު 01:00 ގެ ނިޔަލަށް ކަމަށެވެ.

މެޓުން ބުނީ، މި ވަގުތުތަކުގައި އެ ސަރަޙައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށެވެ. އެހެންވެ، ކަނޑުތައްވެސް ވަރަށް ގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރަކަށްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.