19 ވަނަ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތުމުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދީފައެއް ނުވެއެވެ.
ފަހުން މި ތިން ވަޒީރުން އަލުން މަޤާމަށް އައްޔަން ކުރުމަށްފަހު ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް 19 މަޖިލީހުގެ ދައުރު ނިމިގެންދިޔައީއެވެ.
ޖޫން ފަސް ވަނަ ދުވަހުގެ ރޭ ދިޔަ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީން ވަނީ މައްސަލަ ދިރާސީ ކުރުމަށް ފަހު ތިން ވަޒީރުންގެ ވަޒީރު ކަމުގެ ޝަރުތު ހަމަވާ ކަމަށާއި މައްސަލައެއް ނެތް ކަމަށް ބަލައި ރުހުން ދިނުމަށް ފާސްކޮށްފައެވެ.
