ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ، އެ ކޯލިޝަނުގެ ޖަލްސާއެއް މިރޭ އޮންނާނެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނިގޮތުގައި، މި ޖަލްސާ އޮންނާނީ މިރޭ 8:30ގައެވެ.
ޕީއެންސީގެ މައި ހަރުގެ، ހައުސް އޮފް ޕީއެންސީ ހުންނަނީ ހ.ވެޔޮވިލާގައެވެ.
މިއީ ހައުސް އޮފް ޕީއެންސީ ހުޅުވުމަށް ބޭއްވި ޖަލްސާއަށް ފަހުގައި، ރައީީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާ، އެ ކޯލިޝަނުގެ ދެވަނަ ޖަލްސާއެވެ.
ޕީއެންސީގެ މައި ހަރުގެ ހުންނަނީ، ކުރިން ޑިމޮކްރެޓްސްގެ ހަރުގެ ހިންގަމުން ދިޔަ އިމާރާތުގައެވެ.
