ވެރި ރަށް މާލޭގެ އަމީނީމަގުގައި ހުންނަ ކޭއެފްސީގެ ތިން ބިއްލޫރިގަނޑެއް އަނެއްކާވެސް ތަޅާލައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ރޭ 4:32 ހާއިރު އަމީނީމަގުގެ ކޭއެފްސީގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރިކަމަށެވެ.
އެ މައްސަލައިގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވެސް ވަނީ އެ ތަނުގެ ދެ ބިއްލޫރިގަނޑެއް ތަޅާލާފައެވެ.


ވވވ ރަނގަޅު ގައްޒާގަ އެބަހުރިތަ ޔަހޫދީން ތަޅާނުލާ އެނމެ ބިއްލޫރި ގަނޑެއްވެސް