ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ ހަރުގެ ޖަލްސާއެއް މިރޭ އޮންނާނެއެވެ.

މި ފޯރި ގަދަ ޖަލްސާ އޮންނާނީ މިރޭ 20:30ގައި އާޓިފިޝަލް ބީޗް ކުރިމަތީގައި ހުންނަ އެ ޕާޓީގެ ހަރުގޭގައެވެ.

މި ޖަލްސާއަށް އެ ޕާޓީން ވަނީ ހުރިހާ ސަޕޯޓަރުންނަށް ދައުތު އަރުވާފައެވެ.

މިރޭގެ ޖަލްސާގައި ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރ، އާދަމް ޝަރީފް އުމަރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަހުމަދު ނާޒިމްގެ އިތުރުން މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު، އަހުމަދު ސަލީމް ވާހަކަފުޅު ދައްކަވަން ވަނީ ހަމަޖެހިފައެވެ.

ކޮންގްރެސް ޕާޓީގެ ރަސްމީ ޖަގަހަ، ހ.ވެޔޮވިލާގައި ހުޅުވި ފަހުން، އެ ޕާޓީން ގެންދަނީ ފޯރިގަދަ ޖަލްސާތަކެއް ބާއްވަމުންނެވެ.