ސޯމާލިއާގެ މެދުތެރޭ ސަރަހައްދެއްގައި ރޭ ދަންވަރުގެ ވަގުތެއްގައި، އަލް-ޝަބާބްގެ ހަނގުރާމަވެރިން އާންމުންގެ 18 މީހުން މަރާލައިފިއެވެ.

މި ހަމަލާގައި، އެހީގެ ކާބޯތަކެތި ބަރުކޮށްފައިވާ ޓްރަކްތަކެއްވެސް ވަނީ ނައްތާލާފައެވެ.

ހަތިޔާރުއެޅި ޖަމާއަތުން މި ހަމަލާ ދޭން ފަށާފައިވަނީ ސޯމާލިއާގެ މެދުތެރޭގައި އޮންނަ ހިރްޝާބެލް ސްޓޭޓްގެ ސެމީ-އޮޓޮނޮމަސް ސްޓޭޓެއް ކަމަށްވާ ހިރާން ސަރަހައްދުގައެވެ. ހަމަލާ ދިނީ ބާލާދްވީން ސިޓީއިން، ކާބޯތަކެތީގެ އެހީގެ ސާމާނު، މަހަސް އަވަށަށް ގެންދަނިކޮށެވެ.

އަލް ޝަބާބުން ވަނީ އާންމުންގެ 18 މީހުން މަރާލައި، ޖާނުން ފިދާވެ… ރިލީފް ފުޑްގެ އެތައް ޓްރަކްތަކެއް ރޭ މާހަސް ޓައުންއަށް ދިޔަ،“ އެ އަވަށުގެ ބޮޑު މީހެއް ކަމަށްވާ ފަރާ އެޑެން ވިދާޅުވިއެވެ.

ދައުލަތުގެ ނޫސް އޭޖެންސީ ސޮންނާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަލް ޝަބާބްގެ ހަނގުރާމަވެރިން ވަނީ ޓްރަކްތަކުގައި އަލިފާން ރޯކޮށް ”އުޅަނދުތަކުގައި ތިބި ގިނަ މީހުން މަރާލާފައި“ ކަމަށެވެ.

އެޑެން ވިދާޅުވީ ހަތިޔާރު އެޅި ހަނގުރާމަވެރިން މިދިޔަ ހަފްތާގައި އެ ސަރަހައްދުން ހަމަލާދިން މީހުންގެ ފަހަތުން ދުވި ކަމަށާއި ނަމަވެސް އެމީހުން އެނބުރި އައުން ހުއްޓުވުމަށްސަރުކާރުން ސިފައިން ނުފޮނުވާ ކަމަށެވެ.

”އަލް ޝަބާބުން މިހުރިހާ ކަމެއް މިކުރަނީ އަހަރުމެން އިސްތިޢުމާރު ކުރުމަށް. އެކަމަކު އަޅުގަނޑުމެންގެ ފުރާނަ އޮތްހާ ހިނދަކު އަޅުގަނޑުމެން ދުވަހަކުވެސް އަލްޝަބާބަށް އަމާން ނުދޭނަން. ސަރުކާރުގެ ފައުޖުތައް އަދި އެހިސާބަށް ނާދޭ،“ އެޑެން ވިދާޅުވިއެވެ.